Friday, November 13
މާފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ 55 އިންސައްތަ ނިމިއްޖެ
މާލެ އަތޮޅު މާފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ 55.3 އިންސައްތަ ނިމިއްޖެ ކަމަށް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފި އެވެ. މިނިސްޓްރީ އޮފް ކޮނސްޓްރަކްޝަން ހައުސިންގް، އިންފްރާސްޓްރަކްޗަރ އިން ބުނީ މަޝްރޫއުގެ 55 އިންސައްތަ ނިމިފައިވާއިރު، ބަނދަރުގެ އެއްގަމު ވާޓަރު އެއްކޮށް ނިމިފައިވާ ކަމަށެވެ.  މިހާރު ކުރިއަށް ދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަން ފާހަގަކޮށް ބަނދަރު ފުންކުރުމަށް ހަމަޖެހިފައި ވަނީ 28،836 އަކަ މީޓަރަށެވެ. އެއާއެކު 63،711 ކިއުބިކް މީޓަރުގެ އައު ބަނދަރު ފުން ކުރުމާއި، 4،414 ކިއުބިކް މީޓަރަށް ނެރު ފުންކުރާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ. މި މަޝްރޫއުގެ ދަށުން ވެލިބަސްތާއިން ބްރޭކް ވޯޓަރ ހެދުމާއި، 64 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި 374 މީޓަރު އެއްގަމު ތޮށި ޖެހުމާއި 367 މީޓަރ ސްކޯރިންގ އޭޕްރޮން ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބޯޓުތައް ބަނދަރުކުރާއިރު ބަންނަން 73 މޫރިންގ ރިންގް ހަރުކުރުމުގެ އިތުރުން 10 މޫރިންގ ބޮއި ހަރުކުރުމާއި އެކްސެސް ޕްލެޓްފޯމެއް ވެސް އަޅާނެ އެވެ. ހަމައެއާއެކު، ކޮންކްރީޓް ޖެޓީއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއްގަމުގައި މަގު ބައްތި އާއި 1،869 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށް ވަނީ ނިންމާފަ އެވެ. މި މަޝްރޫއަށް ހޭދަ ވަނީ ޖުމްލަ 82،550،660.36 ރުފިޔާ އެވެ. މާފުށި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއަކީ 2023 ވަނަ އަހަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ސަރުކާރުން ހަވާލުކުރި މަޝްރޫއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު