Friday, November 13
މިސްކިތުގައި ރޯދަ ވީއްލުން ރަނގަޅަށް އިންތިޒާމް ނުކުރާނަމަ ހުއްދަ ނުދޭން ނިންމައިފި

މިސްކިތުގައި ރޯދަ ވީއްލަން ހުއްދަ ދީފައިވާ ފަރާތްތަކުން  އެކަން ރަނގަޅަށް އިންތިޒާމް ނުކުރާނަމަ ދެން ހުއްދަ ނުދޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.  ނިންމައިފިއެވެ.

މިދިޔަ ހަފްތާގައި މާލޭގެ ސަލްމާން މިސްކިތުގައި ބަންގި ގޮވަން ކައިރިވުމާއި އެކު މޭޒުމައްޗަށް އެތަނުގައި ތިބި ގިނަ ބަޔަކު އެއްފަހަރާ އެއްވެ ކާބޯތަކެތި ނަގަމުންދާ ވީޑިއޯ އެއް ވަނީ އާއްމުވެފައެވެ.

އެކަމާއި ގުޅިގެން މިޑިއާގައި ލިޔެފައިވާ ޚަބަރެއް ހިއްސާ ކުރައްވާ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ކަންކަން އިންތިޒާމް ނުކުރާ ނަމަ ހުއްދަ އެއް  ދެން ނުދެއްވާނެ ކަމަށެވެ.

އެކަން ހިނގާފައިވަނީ ރާއްޖޭގެ ރީތި ސަޤާފަތާ މުޅިން ޚިލާފަށް ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަން އިރާދަކުރެއްވިއްޔާ ދެން ތަކުރާރު ނުވާނެކަމަށެވެ.

އެ ވީޑިއޯއާއި ގުޅޭގޮތުން ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ސަރުކާރުން މިއަހަރު ވަނީ މިސްކިތުގައި ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސާ ފަރާތްތަކަށް ސައުދީ ސަރުކާރުން ހަދިޔާކޮށްފައިވާ ކަދުރުވެސް ފޯރުކޮށްދީފައެވެ. އަދި ރާއްޖޭގެ މިސްކިތްތަކަށް މީހުން ރޯދަވީއްލާ ތަކެތި ސަދަގާތްވެސް ކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު