Friday, November 13
ދުރާލާ މޫސުމީ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް
މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް ދުރާލާ މޫސުމާބެހޭ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ މޫސުމާބެހޭ ދުވަހާ ގުޅިގެން ސޯޝަލް މީޑިޔާގައި މިއަދު ޙިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުރާލާ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން މޫސުމާބެހޭ ޒަމާނީ އާލާތްތަކަށް އިންވެސްޓްކޮށްގެން، ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމުގެ ގޮތުން ދުރާލާ އިންޒާރުދޭ ނިޒާމެއްގެ ޚިދުމަތް ލިބޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންއަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ މޫސުމީ ބަދަލުތަކާ ބެހޭ ސިޔާސަތުތަކާއި ކާރިސާތަކުގެ ގެއްލުން ކުޑަކުރުމުގެ ފްރޭމްވަރކުގެ ތެރެއިން ދުރާލާ މޫސުމީ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމުގެ މައްޗަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު