Monday, November 2
ކޯޗު ސާންތީގެ ޖަނާޒާ ބާއްވައިފި

ދިވެހި ފުޓްބޯޅައަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، ކުޅިވަރުގެ ދާއިރާގެ ނަން މޮޅު ކޯޗު އިޙްސާން އަބްދުލްޣަނީ (ސާންތީ) ގެ ޖަނާޒާ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވުމަށްފަހު، އާސަހަރާގައި ވަޅުލައިފިއެވެ.

އުމުރުން 51 އަހަރުގައި ނިޔާވި ސާންތީގެ ޖަނާޒާގައި ދައުލަތުގެ އިސްވެރިންނާއި، ދިވެހި ކުޅިވަރު އާއިލާގެ އިސްވެރިންނާއި، ކުޅިވަރު ދާއިރާގެ ގިނަ ބަޔަކު ބައިވެރިވިއެވެ. މީގެ ތެރޭގައި ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުންނާއި، ޓީމުތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރަހުމަތްތެރިން ހިމެނެއެވެ.

ސާންތީ ނިޔާވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހާލުދެރަވެ، އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ހޮނިހިރު ދުވަހުގެ ރޭއެވެ. ސާންތީއަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު ކޯޗުންގެ ތެރެއިން ކޯޗެކެވެ.

ކޯޗު ސާންތީގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ތައްޓެއް ހޯދައިދިން ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރެއްވި ސާންތީ، 2001 އިން 2008 އަށް ޤައުމީ ޓީމުގައި ޚިދުމަތްކުރެއްވިއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ކުރެއްވި ސާންތީއަކީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ފެށުމާއި ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު