Tuesday, November 10
ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ކަމުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ޑިވެލޮޕްމަންޓްބޭންކަކީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް އުފެއްދެވި ބޭންކެކެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ) އިން މިއަދު ބުނީ ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ އިސްތިއުފާ ހުށަހެޅުއްވުމުން އެކަން ގަބޫލުކޮށް އޭނާ މަގާމުން ވަކި ކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް އުފެއްދީ މިދިޔަ މޭ މަހުގެ 16ވަނަ ދުވަހުއެވެ.

އެ ބޭންކުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވާފައިވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އެއީ، 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު