ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން pic.twitter.com/VCbLaulD0m
— The President's Office (@presidencymv) March 23, 2025
''ފައިސާގެ ގޮތުން އެއްވެސް ކަމަކަށް ދަތިނުވާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް އަންގާފައި އޮންނާނީ އިންސްޓްރަކްޝަން ދީފައި. އަދި މުހުލަތުތަކެއްވެސް ދީފައި އޮންނާނީ އެންމެންގެ މަޝްވަރާއާއި އެކީގައި" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.އެތަނަށް ބޭނުންވާ ވަސީލަތާއި މުވައްޒަފުން ހޯދުމަށް ކަނޑައަޅައި، އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. ގައިމުވެސް ސަރުކާރުގެ އެކި ފަރާތްތަކަށް ތެލަސީމިއާ ކަންކަމުގައި އުޅޭ ފަރާތްތަކުން ބައްދަލުކޮށްފައިވޭ މީގެކުރިން އަހަރެއްހާ ދުވަސްކުރިން. ދެތިން ފަހަރުމަތިން ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައި އެބައޮތް ލިޔެކިޔުންތަކުގައި. ނަމަވެސް އަމަލީ ސިފައެއް ނައިސްއޮތީ. އެހެންވީމަ އިންޓަރނަލީ ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަން ވާނީ އަޅުގަނޑު ނިންމާފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި މިދެންނެވި ބަދަލުތައް ގެނެވޭނެ. މާލޭގައި ތެލަސީމިއާ ސެންޓަރު ހިންގާހާ ދުވަހަކު އެތަނުގައި ދޭ ޚިދުމަތްތައްވެސް ރަނގަޅުކުރުމަށް ވާނީ ނިންމާފައި. އަދި ހުޅުމާލެއަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތްވެސް ވާނީ ބަލާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން ވަނީހުޅުމާލޭގައި ތެލަސީމިއާގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް ބިނާކުރުމަށް ނިންމާފައެވެ. އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.






