ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލްގެ އަގަށް ބަދަލު ގެނެސްފި އެވެ.
އެގޮތުން އެސްޓީއޯ އިން ބުނީ ކުރިން 12.21ރ. އަށް ލީޓަރެއް ވިއްކަމުން އައި ޕެޓްރޯލްގެ އަގުން މިހާރު 48 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ. އެސްޓީއޯ އިން މިގެނައި ބަދަލާއެކު މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 11.73ރ. އަށެވެ.
We have revised our petrol prices in fuel stations. Effective immediately, the new pump price is MVR11.73 per litre, a reduction of 48 laari from the previous rate. ⛽ pic.twitter.com/Un3MyFLshj
— STO (@stoplc) March 22, 2025
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގަށް ބަދަލު ގެނެސްފައި މިވަނީ ވަރަށް ގިނަ ދުވަސްތަކަކަށް ފަހުގައެވެ. ނަމަވެސް، އެސްޓީއޯ އިން ޑީސެލްގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން