Monday, November 2
ޒީނާގެ ބަންދުގެ މުއްދަތަށް 30 ދުވަސް އިތުރުކޮށްފި

ރާއްޖޭގައި މިހާތަނަށް ފެނިފައިވާ އެންމެ ބޮޑެތި މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއްގައި ތުހުމަތުކުރެވޭ އަންހެން މީހާގެ ބަންދު މުއްދަތު މިއަދު އިތުރު 30 ދުވަހަށް އިތުރުކޮށްފިއެވެ.

ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 ގައި ހުރި އެޕާޓްމަންޓަކުން 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނުމާ ގުޅިގެން 2025 ފެބްރުވަރީ 19 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން ހިންގުނު މި އޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެތީގެ ތެރޭގައި 12.28 ކިލޯގެ މެތަމްފެޓަމިން އަދި 1.58 ކިލޯގެ ހެރޮއިން ހިމެނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ކާރުގައި ބައިންދާފައި އިންދާ ޒީނާ ކާރުގެ ޝީޓް މައްޗަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ވައްޓާލި މަންޒަރު ފުލުހުންނަށް ފެނިފައިވާކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މި ތުހުމަތާމެދު ޒީނާ ވަނީ އިންކާރުކޮށްފައެވެ.

މި މައްސަލައިގައި ފުރަތަމަ ފަހަރު ކޯޓަށް ހާޒިރުކުރުމުން ޒީނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ. އެ މުއްދަތު ހަމަވުމުން އިތުރު 15 ދުވަހުގެ މުއްދަތަށް އަނެއްކާވެސް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވެއެވެ. މިއަދު ކޯޓަށް ހާޒިރުކުރުމުން، ތިންވަނަ ފަހަރަށް ޒީނާގެ ބަންދު މުއްދަތު އިތުރުކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ.

މިހާތަނަށް މައްސަލަ ތަޙުޤީޤުކުރުމަށް ޖުމްލަ 60 ދުވަސް ހަމަވެފައިވާއިރު، މައްސަލައިގެ ތަޙުޤީޤު އަދިވެސް ދަނީ ކުރިއަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު