Monday, November 2
ފިޠުރު ޢީދު ދުވަހުގެރޭ މިލަންދޫގައި ހަވާ އެރުވުމާއެކު ތަފާތު ގިނަ ހަރަކާތްތަކެއް

ކުރިއަށް އޮތް ފިޠުރު އީދު ދުވަހުގެރޭ ށ. މިލަންދޫގައި ހަވާ އެރުވުމާއެކު، ތަފާތު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފަވާ މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް މަޢުލޫމާތު ދެއްވި ގޮތުން އީދުގެ ދެވަނަ ދުވަހުގެ ރޭ ނުވަތަ ވަޅުއީދުދުވަހުގެ ރޭ މިލަންދޫގައި ހަވާ އެރުވުމު ހަރަކާތެއް ކުރިއަށް ގެންދާނެއެވެ. އަދި އީދުގެ އެންމެ ހާއްސަ ކަމަކަށް، ކައުންސިލުން ތަރައްޤީ ކުރަމުންދާ ސަރުދާރު މައިޒާންވެސް ހުޅުވުންވެސް އީދުތެރޭގައި އޮންނާނެއެވެ. ހަމައެހެންމެ، މުޅި މިލަންދޫ ކުލަ ބޮކިތަކުން ދިއްލާލާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

ކައުންސިލު ރައީސް އާތިފު މައުލޫމާތު ދެއްވި ގޮތުގައި އީދު ދުވަހުގެ ރޭ ހުޅުވަން ހަމަޖައްސާފައިވާ ސަރުދާރު މައިޒާނަކީ ރަށަށް ގިނަ ގުނަ ހިދުމަތްތަކެއް އިސްނަންގަވައިގެން، ހިލޭސާބަހަށް، ކުރެއްވި ސަރުދާރު ޔޫސުފު އަލީގެ ނަން ރަމްޒުކޮށްދިނުމުގެ ގޮތުން އެމަރުޙޫމުގެ ނަމުން ނަންދެވިފައިވާ ތަނެކެވެ. މިތަނަށް ހަރަދުކޮށްފައިވަނީ މިލަންދޫ ކައުންސިލުންނެވެ.

ސަރުދާރު މައިޒާން، މިލަންދޫއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މަރުހޫމު ސަރުދާރުގެ ހަނދާނުގައި ބިނާކޮށްފައިވާ މައިޒާނެއް

މިލަންދޫ ކައުންސިލުން ހުޅުވާލި ބިޑަކަށް ހުށަހަޅައިގެން ކާމިޔާބު ކުރި އެރަށުގެ ސަލާމް އިންވެސްޓްމަންޓުން 1.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތައްޔާރުކޮށްފައިވާ މި މައިޒާނަކީ ރަށުގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ހިތްހަމަޖެހުން ލިއްބައިދޭނެ ތަނަކަށް ވާނެ ކަމަށް ރަށު ކައުންސިލުގެ ރައީސާއި ކައުންސިލުންވެސް އުއްމީދުކުރެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ނަން މަޝްހޫރު ގިނަ ފުޓްސެލް ކުޅުންތެރިން ބައިވެރިވާ މިލަންދޫ ކައުންސިލް ކަޕްވެސް އީދު ދުވަހުގެރޭ ފެށުމަށްވަނީ ހަމަޖެހިފައެވެ.

ސަރުދާރު މައިޒާން، މިލަންދޫއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މަރުހޫމު ސަރުދާރުގެ ހަނދާނުގައި ބިނާކޮށްފައިވާ މައިޒާނެއް

ސަރުދާރު މައިޒާން، މިލަންދޫއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މަރުހޫމު ސަރުދާރުގެ ހަނދާނުގައި ބިނާކޮށްފައިވާ މައިޒާނެއް

މި ހަރަކާތްތަކަކީ މިލަންދޫ ރައްޔިތުންގެ އިތުރުން މިލަންދޫއަށް ޒިޔާރަށްކުރާ މެހެމާނުންނަށް އުފާވެރި އީދެއް ފާހަގަކުރުމުގެ ގޮތުން ކައުންސިލުން ރާވާފައިވާ ހަރަކާތްތަކެކެވެ. މި ހަރަކާތްތަކުގެ ސަބަބުން އުފާވެރި އީދެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު