Friday, November 13
ކަނޑުމަގުން 7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީންގެ ވަނަވަރު ހާމަކޮށްފި
ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީންގެ ވަނަވަރު މިއަދު ފުލުހުން ހާމަކޮށްފިއެވެ.

މި މައްސަލައިގައި ކަނޑު ބޯޓެއްގައި ހަތް ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ހަތް މީހުންނާއި އިންޑޮނޭޝިއާގެ ތިން މީހުންނެވެ.

މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި 10 މީހުން:ފޮޓޯ- ޕޮލިސް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑޮނޭޝިއާގެ 3 މީހުންކަމަށްވާ 30 އަހަރުގެ ނަސްވަން އާދިލްއާއި 25 އަހަރުގެ އެޑްރިއަންސަޔާއާއި 30 އަހަރުގެ މުޙައްމަދު އިޤްބާލް މަކްރޫމެވެ. އަދި އިންޑިއާގެ ރައްޔިތުންކަމަށްވާ 35 އަހަރުގެ ޕްރަބާކަރަން ނަގަރާޖަން، 58 އަހަރުގެ ރޯމަންސް ސަންތިޔާ ފެނާންޑޯ، 22 އަހަރުގެ ގަނޭޝް ބޮމްމާލީ، 22 އަހަރުގެ ޑަތުކިލޭ ދަރްޝަން ވިޖޭ، 28 އަހަރުގެ ޕީޓާ ވިނީ އަދި 28ސަރަން ޕަދްމަންގެ އިތުރުން 30 އަހަރުގެ ގޯސިކް ރާޖް ޖޭމްސް ނޮކްސެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 މީހަކު 5 ދުވަހަށް އަދި 5 މީހަކު އެއް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި 1 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި މީހުންގެ ބަންދު އިތުރުކުރުމަށް މިއަދު ހާޒިރުކުރުމުން އެކަކަށް އިތުރު 3 ދުވަހަށް އަދި 4 މީހަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގެ އިތުރު ތަފްސީލް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު