Tuesday, November 10
40 ދޯނި ކިރުވި މަހަށް 3 މިލިޔަން ރުފިޔާ ޖަމާކޮށްފި
ސާޅީސް ދޯންޏަކުން ކިރުވި މަހަށް 3 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިފްކޯއިން ޖަމާކޮށްދީފިއެވެ. މިއީ މިދިޔަ ބުދަ ދުވަހު މަސްކިރުވި ދޯނިތަކަށް ޖަމާކޮށްދިން ފައިސާކަމަށް މިފްކޯއިން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. މިފްކޯއިން ވިދާޅުވީ، މިމަހުގެ 20 ވަނަ ދުވަހު 40 ދޯންޏަކުން މަސް ކިރާފައިވާ ކަމަށެވެ. އަދި އެ ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް 3.5 މިލިޔަން ރުފިޔާއަށް އަރާކަމަށެވެ.

ސަރުކާރުން މިހާރު ދަނީ ސާޅީސް އަށް ގަޑިއިރު ތެރޭ މަސްވެރިން ކިރުވާ މަހަށް ފައިސާ ޖަމާކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު