ދެމެހެއްޓެނިވި ގޮތެއްގައި ސާފު ފެން ލިބޭނެ ގޮތް ކަށަވަރުކުރުމަކީ ޤައުމުގެ އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
On this #WorldWaterDay I extend my heartfelt greetings to all Maldivians and our global partners. This year’s theme, #GlacierPreservation is a potent reminder of the complex connection between climate change, water resource limitations and human vulnerability. Our commitment to… pic.twitter.com/EzPNU0wf9C
— Dr Mohamed Muizzu (@MMuizzu) March 22, 2025
މި ޕޯސްޓުގައި ރައީސް ވަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހީންނަށާއި ދުނިޔޭގެ ފެންވަރުގައި ރާއްޖެއާއެކު މަސައްކަތްކުރާ ފަރާތްތަކަށް އަރިސްކުރައްވައިފައެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ ޝިޢާރު "ގްލޭސިއަރ ޕްރިވެންޝަން" އަކީ މޫސުމީ ބަދަލުތަކާއި، ފެނުގެ ވަސީލަތްތައް މަދުވުމާއި އިންސާނުންގެ ނާޒުކުކަމާ ދެމެދު އޮންނަ ގުޅުމުގެ ހަނދާން އާކޮށްދޭ ކަމެއް ކަމަށެވެ.
އަދި މިފަދަ ނާޒުކު މައްސަލަތައް ހައްލުކުރުމުގައި ރާއްޖެއިން ފަސްނުޖެހި ކުރިއަށްދާނެ ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ފެން ލިބޭނެ ގޮތް ކަށަވަރު ކުރުމަކީ މި ޤައުމުގެ އެންމެ އިސްކަމެއް ދޭ އެއް ކަންތައް ކަމުގައެވެ.
ރައީސް ވަނީ މިއަށްވުރެ ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމަށް، ރަނގަޅު ފިޔަވަޅުތަކެއް އެޅުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލައްވައިފައެވެ.
މި ލިޔުން ކިޔާލުމުން