ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބިދޭސީ މަސައްކަތްތެރިންނަށް އިފްތާރު ޕެކު ހަދިޔާކޮށްފިއެވެ.
މިގޮތުން މީރާ އިން މިއަދު ބުނީ އެ އޮތޯރިޓީން މިޝަން ފޮރ މައިގްރަންޓް ވޯކާރސް މޯލްޑިވްސް (އެމްއެމްޑަބްލިޔު) އާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް 400 އިފްތާރު ޕެކު ހަދިޔާކޮށް ބެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
MIRA staff donated and volunteered alongside the Mission for Migrant Workers Maldives to distribute over 400 iftar meal packs to migrant workers, reflecting our commitment to community support and social responsibility. Acts of generosity strengthen our society and foster a… pic.twitter.com/CJmjbtvpVJ
— Maldives Inland Revenue Authority (@MIRAmaldives) March 21, 2025
އެ އިދާރާއިން ބުނީ ދީލަތިކަމުގެ ޢަމަލުތަކުގެ ސަބަބުން މުޖުތަމަޢު ހަރުދަނާވެ، އޯގާތެރިކަމުގެ ސަގާފަތެއް އާލާވެގެންދާނެ ކަމަށެވެ.
އެމްއެމްޑަބްލިޔު އެމް އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަ، ހިލޭ ސާބަހަށް މަސައްކަތް ކުރާ ފުރަތަމަ ޖަމުޢިއްޔާއެވެ. މި ޖަމުޢިއްޔާއިން މަސައްކަތްކުރަނީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެ ފަރާތްތަކާމެދު އިންސާފުވެރިކަމާއެކު ޢަމަލުކުރާކަން ކަށަވަރު ކުރުމަށެވެ.
މި ލިޔުން ކިޔާލުމުން