އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
— Dr Mohamed Muizzu (@MMuizzu) March 21, 2025
މިގޮތުން ރައީސް ވިދާޅުވީ މުޖުތަމަޢުގެ ޚާއްޞަ އަޅައިލުމާއި ލޯބި ބޭނުންވާ ހަމަ ކޮންމެ ކުއްޖަކާއި ޢާއިލާއަށް ހޭހަންކޮށްދިނުމުގައިވެސް ސަރުކާރާއި ރައްޔިތުން މަސައްކަތް ކުރާނީ އަތުގުޅާލައިގެން ކަމަށެވެ.
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހަކީ 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މިއީ 21 ވަނަ ކްރޮމޮސޯމް ތިންގުނަ ވުމުގެ ސަބަބުން ދިމާވާ ޞިއްޙީ ހާލަތެއް ކަމަށްވާ ޑައުން ސިންޑްރޯމްގެ ތަފާތުކަން ފާހަގަކުރާ ދުވަހެކެވެ.
މި ލިޔުން ކިޔާލުމުން