Friday, November 13
ދުނިޔޭގެ ރެކޯޑު ފޮތުން ޖާގައެއް ހޯދުމަށް ބ. އަތޮޅު ކައުންސިލުން ހަރަކާތެއް

ދުނިޔޭގެ ރެކޯޑު ފޮތުން ޖާގައެއް ހޯދުމަށް ބ. އަތޮޅު ކައުންސިލުން ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ.

މިހަރަކާތަކީ އެއްސަރަހައްދަކަށް އެއްވަގުތެއްގައި 500 އަށްވުރެ ގިނަ މީހުން ޖަމާވެ ސްނޯކުލް ކޮށް ދުނިޔޭގެ ރެކޯޑު ހެދުމުގެ ހަރަކާތެކެވެ.

"ބާނި" ނަމުގައި، ފަތުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ބ. އަތޮޅު އަނގަފަރުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިހަރަކާތް ކުރިއަށް ގެންދިއުމުގައި ބ. އަތޮޅު ކައުންސިލާއި އެކު އެންމެ އިސް ދައުރެއް އަދާ ކުރުމަށް ހަމަޖެހިފައިވަނީ ފްރީ ޑައިވް މޯލްޑިވްސް އެސޯސިއޭޝަނާއި އަދި ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހެވެ.

ބ އަތޮޅު ކައުންސިލުން ބުނީ މިހަރަކާތުގެ މައިގަނޑު މަގުސަދަކީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން ހޭލުންތެރި ކުރުވުމާއި އަދި ބ. އަތޮޅަކީ ޝައުވެރިކުރުވަނިވި ފަތުރުވެރި މަންޒިލެއް ގޮތަށް މުޅި ދުނިޔެއަށް އިޝްތިހާރު ކުރުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު