Friday, November 13
އޭދަފުށީގައި ރީތި މިސްކިތެއް ހުޅުވައިފި

އަމިއްލަ މީހަކު ބ. އޭދަފުށީގައި ބިނާކުރި ވަރަށް ރީތި މިސްކިތެއް އިއްޔެ ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވީ އިއްޔެ މަޢުރިބު ނަމާދު ވަގުތަށެވެ. މިސްކިތުގެ ނަމަކީ މަސްޖިދުލް މުޙައްމަދު އަލީ އެވެ.

މިއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ރީތި މިސްކިތް ކަމަށް ބެލެވެއެވެ.

މިއީ އޭދަފުއްށްޓަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އޭދަފުށީ ޑޭޒީވިލާގެ، އުމުރުން 91 އަހަރުގެ މުޙައްމަދު އަލީގެ ނަމުގައި  އޭނާގެ ދަރިން އޭދަފުށީގައި ބިނާކުރެއްވި މިސްކިތެކެވެ.

ބ. އޭދަފުށީގައި ހުޅުވި މިސްކިތް، މަސްޖިދުލް މުޙައްމަދު އަލީ: ފޮޓޯ- އައިމާން ހަބީބް

މި މިސްކިތް ހުޅުއްވައި ދެއްވީ މުހައްމަދު އަލީ އެވެ. މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި މުހައްމަދު އަލީގެ އާއިލާގެ ގިނަ ބޭފުޅުން އަދި ގިނަ ރައްޔިތުން ބައިވެރިވިއެވެ.

'' ބައްޕަ އެންމެ ބޭނުންވި އެއްކަމަކީ އުފަން ރަށުގައި މިސްކިތެއް ބިނާކުރުން. އަޅުގަނޑުމެންގެ މި މަސައްކަތް ޤަބޫލުކުރައްވައި ހެޔޮދަރުމަ ދެއްވާށި" މުހައްމަދު އަލީ ގެ ދަރިއަކު ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު