Monday, November 2
ފޭދޫ ހައުސިން ޔުނިޓުގެ 52 އިންސައްތަ މަސައްކަތް ނިންމައިފި

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ސ. ފޭދޫގައި އަޅަމުންދާ 75 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ 52.4 އިންސައްތަ މަސައްކަތް ނިންމައިފިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ރޭނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި 75 ޔުނިޓް ހިމެނޭ ފްލެޓްތަކުގެ ހަވަނަ ފަންގިފިލާގެ ޝީޓު އެޅުމުގެ މަސައްކަތް ވެސް ވަނީ ނިންމާލެވިފައި ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މި މަޝްރޫޢަކީ އައްޑޫ ސިޓީގައި ކުރިއަށްގެންދާ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ބައެކެވެ. އައްޑޫ ސިޓީގައި ޖުމްލަ 1،100 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިތަދޫގައި 500 ޔުނިޓް، މަރަދޫގައި 100 ޔުނިޓް، މަރަދޫފޭދޫގައި 100 ޔުނިޓް، ފޭދޫގައި 200 ޔުނިޓް، ހުޅުދޫގައި 100 ޔުނިޓް އަދި މީދޫގައި 100 ޔުނިޓް ހިމެނެއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޖުމްލަ 40,000 ހައުސިން ޔުނިޓް އެޅުމަށް ވަޢުދުވެފައެވެ. މިގޮތުން އުތުރުގައި 20,000 އަދި ދެކުނުގައި 20,000 ހައުސިން ޔުނިޓް އެޅުމަށް ވަނީ ރޭވިފައެވެ. މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އޭގެ ތެރެއިން 1 ބިލިއަން ރުފިޔާ ވަނީ އުމްރާނީ ތަރައްޤީއަށް ޚާއްޞަކުރެވިފައެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު