Saturday, October 31
އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅޭ ގޮތުން ބީސީސީ އާއި ސްޓެލްކޯ މަޝްވަރާކޮށްފި

"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އެކްސްޕޯ 2025 އާ ގުޅޭގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގެ އިސްވެރިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އާއި ބީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔާއު ގެ އިތުރުން ދެ ކުންފުނީގެ އެހެނިހެން އިސްވެރިން ބައިވެރިވެ، އެކްސްޕޯ 2025 އާ ގުޅޭގޮތުން ދެ ކުންފުނި ގުޅިގެން ކުރެވިދާނެ ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އެކްސްޕޯ 2025 އަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި އުފެއްދުންތެރިންނަށް އަމާޒުކޮށްގެން ބޭއްވޭ ފުރަތަމަ މައުރަޒެވެ. މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް އެމީހުންގެ އުފެއްދުންތަކާއި ޚިދުމަތްތައް ދެއްކުމުގެ ފުރުޞަތު ހޯދައިދިނުމެވެ. އަދި މީގެ އިތުރުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި ބައްދަލުވުމުގައި ދެ ކުންފުނީގެ މެދުގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، އެކްސްޕޯ 2025 ގެ ކާމިޔާބީއަށްޓަކައި އެއްބާރުލުން ދިނުމަށް އެއްބަސްވެވުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު