Saturday, October 31
ރައީސް، ފަހު 10ގެ ތަހުނިޔާ ފޮނުއްވައިފި

ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާ ރައީސް ރައްޔިތުންނަށް އަރިސްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާއާއި ތަޙްނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިބަރަކާތްތެރި ރޭތަކުގެ ހެޔޮ ދަރުމައާއި ޘަވާބު ހުރިހާ ދިވެހިރައްޔިތުންނަށް ދެއްވައި ފާފަ ފުއްސެވުމާއި ދިންނެވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

އަދި މީގެއިތުރުން، ރަމަޟާން މަހުގައި ލައްވާފައިވާ ބަރަކާތްތެރި ލައިލަތުލް ޤަދުރު ގެ މަތިވެރި ނިޢުމަތް ދިވެހި ރައްޔިތުން އެންމެނަށް މިންވަރުކުރެއްވުން އެދިވެސް ވަނީ ދުޢާކުރައްވާފައެވެ.

"ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާ ތަހްނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. މާތް ﷲ މި ބަރަކާތްތެރި ރޭ ތަކުގެ ހެޔޮ ދަރުމަޔާއި ޡަވާބު އަޅަމެން އެންމެނަށް ލައްވާށި! ލައިލަތުލް ޤަދްރީގެ މަތިވެރި ނިޢުމަތް އަޅަމެން އެންމެނަށް ދެއްވަވާށި! އާމީން! .

اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي"

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ބަރަކާތް ލިބިގަތުމަށް ސަރުކާރުގެ މުވައްޒަފުންނަށް ޚާއްޞަ ލުޔެއް ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު