Monday, November 2
ރައީސް، ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ބައްލަވާލައްވައިފި

ރައީސް މުއިއްޒު ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ބައްލަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މެންދުރުފަހު ތިލަފުއްޓަށް ވަޑައިގެން، ގްރޭޓަރ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ޖަޕާން ފަންޑް ފޮރ ޕަވަޓީ ރިޑަކްޝަން (ޖޭ.އެފް.ޕީ.އާރު) ގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ.

މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީ އަޕްގްރޭޑްކުރުމާއި، އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ގާއިމުކުރުން ހިމެނެއެވެ. އަދި ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓަކާއި، ބައު އުޅަނދުފަހަރު ނައްތާލުމަށް ޚާއްޞަ ޕްލާންޓެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ ޓެކްނޮލޮޖީ ތަޢާރަފުކުރުން ހިމެނެއެވެ. މިއީ ދުވާލަކު އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ސަބަބުން ތިލަފުށީގެ ޒަމާންވީ ޑަމްޕްސައިޓުގެ ތަޣައްޔަރުކަން ކުޑަކުރެވި، ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާވެގެންދާނެއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެނެވިފައިވާ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ދުވާލަކު 76 ބޭލްގެ ކުނި އުފެއްދުމާއި، ރިސޯޓްތަކުން އަންނަ އުޅަނދުފަހަރުގެ މަސައްކަތް އަވަސްކުރުމަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ. އަދި ފެސިލިޓީގެ ސެކިއުރިޓީ ވަރުގަދަކުރުމާއި، ކުރިއަށް އޮތް 2 އަހަރަށް 5000 އަކަމީޓަރުގެ އައު ވޭސްޓް ސެލްއެއް ތަރައްގީކޮށްފައިވާކަންވެސް ފާހަގަކުރެވުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު