Saturday, October 31
މުލީ އެއާޕޯޓުގެ ޓާމިނަލް މަސައްކަތް ނިމެނީ

މ. މުލީގެ އެއާޕޯޓް ސައިޓުގައި ޓާމިނަލް ބިލްޑިންގ އަދި ފަޔަރ ބިލްޑިންގ ފިނިޝިންގ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓާރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެއާޕޯޓު ޓާމިނަލް ބިލްޑިންގ އަދި ފަޔަރ ބިލްޑިންގެ ނިންމުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މި މަޝްރޫޢުގެ 87 އިންސައްތަ ނިމިފައި ވާކަމަށް އެކުންފުނިން ބުނެއެވެ.

މ. މުލީ މުލީގައި ތަރައްޤީކުރާ އެއަރޕޯޓަށް މާރިޗު މަހުގެ 1 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް ކުރިން އޮތީ ނިންމާފައެވެ. މުލީ އެއަރޕޯޓް ގެ މަސައްކަތް ކުރިއަށް ގެންދަނީ އެމް.ޓީ.ސީ.ސީ އިންނެވެ. މުލީގައި 14 ހެކްޓަރުގެ ބިން ހިއްކައިގެން 1،200 މީޓަރުގެ ރަންވޭއަކާއެކު، އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރީ 230 މިލިއަން ރުފިޔާއަށް 2021 ވަނަ އަހަރުއެވެ. މުލީ އެއާޕޯޓަކީ ވަރަށް ދިގުލައިގެން ގޮސްފައިވާ މަސައްކަތެކެވެ. ނަމަވެސް މިހާރު އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާ ޖައްރާފާ އެރަށުގައި ބާއްވައިގެން އިތުރަށް ބޭނުންވާ ބިން ހިއްކާފައި ވެއެވެ. ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ދަށުން މިހާރުވެސް ރާއްޖޭގެ 8 އެއަރޕޯޓް ބަލަހައްޓަމުން އެބަގެންދެއެވެ. އޭގެ ތެރެއިން އެންމެ އަވަހަށް ދެން ހުޅުވޭނީ މ.މުލީ އެއަރޕޯޓެވެ.މުލީ އެއަރޕޯޓް ހުޅުވަން ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެތެރޭގައެވެ. މ. އަތޮޅަކީ ރާއްޖޭގެ އެއަރޕޯޓެއް ނެތް އަތޮޅު ތެރޭގައި ހިމެނޭ އެއް އަތޮޅެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު