Monday, November 2
ގޮވާމުން ޒަކާތް ބަލައިގަތުން އޮންނާނީ އިސްކަންދަރު ސުކޫލް ގައި

1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ގޮވާމުން ބަލައިގަތުމުގެ އިންތިޒާމް މިއަހަރު ހަމަޖެހިފައިވަނީ އިސްކަންދަރު ސްކޫލުގައި ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިއުލާނުކޮށްފިއެވެ. ކުރިން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވީ މަޖީދިއްޔާ ސްކޫލުގައި ނަމަވެސް، މިހާރު އެ އިންތިޒާމް ވަނީ އިސްކަންދަރު ސްކޫލަށް ބަދަލުކޮށްފައެވެ.

ޒަކާތު ހައުސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިމަހުގެ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ މެންދުރު 13:00 އިން ހަވީރު 16:00 އަށް އިސްކަންދަރު ސްކޫލުން ގޮވާމުގެ ގޮތުގައި ފިޠުރު ޒަކާތް ބަލައިގަންނަމުންދާނެއެވެ.

ބަލައިގަންނަ ގޮވާމުގެ ބާވަތްތައް
ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަންނާނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ. މި ބާވަތްތަކުގެ ތެރެއިން ކޮންމެ ބާވަތަކުންވެސް ބޮލަކަށް ދައްކަންޖެހޭނީ 2.4 ކިލޯގެ މިންވަރެވެ.

ޒަކާތު ހައުސްއިން ފާހަގަކުރެއްވި ގޮތުގައި، މިއީ ކޮންމެ އަހަރަކުވެސް ގޮވާމުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވޭ ފުރުސަތެކެވެ. މި އިންތިޒާމް ހަމަޖެހިފައިވަނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަ ގޮތަކަށް ފިޠުރު ޒަކާތް ދެއްކޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު