Tuesday, November 10
ޢީދާ ދިމާކޮށް މޯލްޑިވިއަން ގެ ދަތުރުތައް އިތުރުކޮށްފި

ކުރިއަށް އޮތް ފިތުރު އީދު ބަންދަށް ޚާއްސަކޮށްގެން ގައުމީ އެއާލައިން މޯލްޑިވިއަންއިން އިތުރު ދަތުރުތަކެއް ކުރާގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވިއަނުން ބުނީ އީދަށް ލިބުނު ބޮޑު ބަންދާ ދިމާކޮށް 11 ރަށަކަށް އިތުރު 30 ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން އިތުރު ދަތުރުތައް ކުރާނީ މާރިޗު 29 އިން އޭޕްރީލް މަހުގެ 5 ވަނަ ދުވަހާ ހަމައަށެވެ. ފްލައިޓް އެންމެ ގިނައިން އިތުރުކުރީ ސ. ގަމަށެވެ. އެގޮތުން ގަމަށް 8 ދަތުރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަނުން ދަތުރުކުރަން ހަމަޖެހިފައިވާ އިތުރު މަންޒިލްތަކުގެ ތެރޭގައި، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ، ހއ. ހޯރަފުށި، ށ. ފުނަދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ، ގދ. މާވަރުލު، ގދ. ފަރެސްމާތޮޑާ އަދި ގއ. ކޫއްޑޫ ހިމެނެއެވެ. ރަމަޟާން މަހުގެ ފަހު ދިހައަކާއި އީދު ބަންދުގެ ދުވަސްތައް ހިމަނައިގެން މި އަހަރު 15 ދުވަހުގެ ޗުއްޓީއެއް ލިބެއެވެ. އެހެންވެ، އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު މާލޭން ބޭރަށް ވަނީ ދާން ފަށައިފައެވެ.

އީދު ބަންދާ ދިމާކޮށް ސީޕްލޭންގައި ވެސް ޚާއްސަ ދަތުރުތައް ކުރުމަށް އެކުންފުނިން ވަނީ ނިންމައިފައެވެ. މިހާތަނަށް ސީޕްލޭންގެ ދަތުރުތައް ކުރާގޮތަށް ހަމަޖެހިފައިވަނީ ބ. ފުޅަދޫ އާއި ފެހެންދޫއަށެވެ.

ޚާއްސަ ދުވަސްތަކުގައި ޑިމާންޑަށް ބަލައި މޯލްޑިވިއަން އިން އަބަދުވެސް ދަތުރުތައް އިތުރުކުރެއެވެ. އެކުންފުނިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ޑިމާންޑާ އެއްވަރަށް ދަތުރުތައް އިތުރުކުރާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު