Tuesday, November 10
މުމްބާއީ އިންޑިއަންސްގެ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ
އިންޑިއާގެ މަޝްްހޫރު ކްރިކެޓް ޓީމު މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) ހަމަޖައްސައިފި އެވެ. އެމްއެމްޕީއާރުސީން ބުނީ މިއީ ވިޒިޓް މޯލްޑިވްސްއިން އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ހެދި މިފަދަ ބޮޑު ފުރަތަމަ ޕާޓްނާޝިޕް ކަމަށެވެ. އަދި މި ޕާޓްނަޝިޕްގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް ސޯސް މާކެޓުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ބަލާ ކުޅިވަރުކަމަށްވާ ކްރިކެޓަކީ ޑިސްޕޯޒެބަލް އިންކަމް ބޮޑު އޯޑިއަންސެއް ލިބިފައިވާ ކުޅިވަރެއް ކަމުން، މި ޕާޓްނާޝިޕަކީ އިންޑިއާ އަދި ބައިނަލްއަގްވާމީ ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާކުރުމަށް އަޅާ ސްޓްރެޓެޖިކް ފިޔަވަޅަކަށް ވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ. ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މުމްބާއީ އިންޑިއަންސްއަކީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ އަގުހުރި ފްރެންޗައިޒް ކްރިކެޓް ޓީމުކަން ފާހަގަކޮށް އެމްއެމްޕީއާރުސީން ބުނީ، އިންޑިއާއަކީ ރާއްޖޭގެ އެއް ޓޮޕް ސޯސް މާކެޓަކަށް ވުމުން، މި ޕާޓްނަޝިޕުން އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށްދޭނެ ކަމަށެވެ. އަދި ބްރޭންޑް ހޭލުންތެރިކަން އިތުރުކޮށް، އިންޑިއާގެ އެކި ސިޓީތަކުގައި ފޯރި އުފެއްދޭނެ މަގަކަށް މި ޕާޓްނަޝިޕް ވެގެންދާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ. މީގެއިތުރުން، ވިޒިޓް މޯލްޑިވްސްއިން 2025 ވަނަ އަހަރު އިންޑިއާގެ 200،000 ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފަައިވާ އަމާޒަށް ވާސިލުވުމަށް މި އެއްބާރުލުމުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު