Friday, November 13
އަމިއްލަ އިންޝުއަރެންސާއެކު އަނެއްކާ އާސަންދަ ދޭން ފަށައިފި

އަމިއްލަ އިންޝުއަރެންސް އޮންނަ މީހުންނަށް އެ އިންޝުއަރަންސަށް އިސްކަން ދިނުމަށްފަހު އާސަންދަ ލިބޭ ގޮތަށް ނިންމި ނިންމުން ބަދަލުކޮށް، އަމިއްލަ އިންޝުއަރަންސާ އެކު ވެސް އާސަންދަ ލިބޭގޮތަށް ހަދައިފިއެވެ.

އާސަންދަ ރީފޯމް ކުރުމުގެ މަސައްކަތް ފަށައި، އެ ސްކީމަށް ގެނައި ބަދަލުގެ ދަށުން އަމިއްލަ އިންޝުއަރެންސެއް އޮތްނަމަ އޭގެ ލިމިޓް ހަމަނުވަނީސް އާސަންދައިގެ ޚިދުމަތް ނުދިނުމަށް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އާސަންދައިން ބުނީ އަމިއްލަ އިންޝުއަރެންސެއް އޮތް ނަމަވެސް މިހާރު އާސަންދައިގެ ޚިދުމަތް ވެސް ލިބޭނެ ކަމަށެވެ. އިތުރު ތަފްސީލް ހާމަކޮށްފައި ނުވި ނަމަވެސް، އާސަންދައިން މި އުސޫލަށް ބަދަލު ގެނެސްފައި ވަނީ މި ހަފްތާ ތެރޭގައެވެ.

މި ވަގުތު އަމިއްލަ އިންޝުއަރެންސާއި އާސަންދަ އެކީގައި ލިބޭގޮތަށް ބަދަލު ގެނެސްފައި ވަނީ ހަމައެކަނި ކޮންސަލްޓޭޝަންތަކަށެވެ.

އެހެން ޚިދުމަތްތަކަށް އަމިއްލަ އިންޝުއަރެންސް އާއި އާސަންދައިގެ ކަވަރޭޖު އެކީގައި ދިނުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު