ހައުސިންގް މަޝަރޫޢު ކުރިއަށްދާ އެގާރަރަށަކީ ހއ.ދިއްދޫ،ށ. މިލަންދޫ ، ކޮމަންޑޫ، ޅ. ކުރެންދޫ، އއ. ރަސްދޫ، މ.ދިއްގަރު، ލ. ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ، ސ. ހިތަދޫ އަދި ސ. ފޭދޫ ގައެވެ.އަދާހަމައަށް ގެދޮރު އިމާރާތް ކުރުމުގެ ތެރެއިން، 11 ރަށުގެ މަޝްރޫޢު ކުރިއަށްދޭ#HousingProjects pic.twitter.com/lf1BlXbL0G
— Ministry of Construction, Housing & Infrastructure (@MoCImv) March 20, 2025

ލ.ގަން
މީގެ ތެރެއިން ލ. ގަމުގައި ސަރުކާރުން އިމާރާތްކުރަމުންދަނީ 1،000 އަކަފޫޓުގެ ވަކިވަކި 100 ހައުސިންގް ޔުނިޓް އެވެ. މި މަޝްރޫއުގެ އަގަކީ 84,397,200.00 ރުފިޔާ އެވެ. މިއިން ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހަނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ. ގަމުގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއިމުކުރުމަށްވެސް ނިންމާފައިވާ ކަމަށް ހައުސިންގް މިނިސްޓްރީން މައުލޫމާތުދެއެވެ މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓރަކްޝަނާ 2022 ވަނަ އަހަރުއެވެ.
ޅ. ކުރެންދޫ
ޅ. ކުރެންދޫގައި އިމާރަތްކުރަމުންދާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރުތެރޭ ނިންމުގެ އަމާޒު ހިފައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓޭޑާއެވެ. މިއީ ޑިޒައިން ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ ކުރެންދޫ ހައުސިންގ ޔުނިޓުތަކުގައި މިހާރުވަނީ ކޮންކްރީޓް މަސައްކަތްތައް ނިމިފައިކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ 50 ޔުނިޓްގެ ފްލެޓުތަކުގައި ކުރަންޖެހޭ ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތްތައް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މި މަޝްރޫޢުގެ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މުޅި މަޝްރޫޢުގެ %60 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މި މަޝްރޫޢަށް ނުވަދިހަ ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. 1000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ޅ. ކުރެންދޫގައި ތަރައްޤީކުރަނީ 50 ހައުސިން ޔުނިޓްގެ ފުލެޓު އިމާރާތެކެވެ. އެއީ 10 ފަންގިފިލާގެ އިމާރާތެކެވެ. މި ހައުސިން ޔުނިޓްތަކުގައި 3 ކޮޓަރި، 3 ފާހާނާ، ސިޓިންގ ރޫމް، ބަދިގެ، ލޯންޑަރީ އަދި ސްޓޯރ ރޫމެއް ހުންނާނެއެވެ.
ހއ. ދިއްދޫ
ހއ. ދިއްދޫގައި އިމާރާތް ކުރަމުންދާ 75 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިއްޖެއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އިން މައުލޫމާތު ދެއްވި ގޮތުގައި ދިއްދޫގައި އަޅަމުންދާ ހައުސިންގް ޔުނިޓްގެ 83 ޕަސެންޓަށް ވުރެ ބޮޑުބައެއް ވަނީ ނިމިފައެވެ. އެހެން ކަމުން މިހާރު ކުރިއަށް ދަނީ ރޯ ހައުސް ނިންމުމުގެ އެންމެ ފަހުގެ މަސައްކަތް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. މިނިސްޓްރީން ވިދާޅުވީ މިހާރު ކުރިއަށް ދަނީ ރޯ ހައުސްގެ ފިނިޝިންގ ގެ މަސައްކަތެވެ. މި 75 ހައުސިންގ ޔުނިޓަށް ހެދުމަށް ސަތޭކަ ވިހި މިލިއަން ރުފިޔާއަށް ޙަވާލު ކޮށްފައި ވަނީ އެސް ޖޭ ކޮންސްޓްރަކްޝަނާއިއެވެ. އެއީ 2023 ވަނަ އަހަރުއެވެ.






