ގްލޯބަލް ރިސައިކަލިން ޑޭއާ ގުޅިގެން، މާލެ ސިޓީ ކައުންސިލުން "ގެޓް ކްރިއޭޓިވް ގޯ ގްރީން އެންޑް ވިން ބިގް" ގެ ނަމުގައި ޓިކްޓޮކް މުބާރާތެއް ހުޅުވައިލައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 25 ގެ ނިޔަލަށް ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ އާންމުކޮށް، ހުރިހާ ޢުމުރު ފުރާތަކަށް ހުޅުވާލައިފައެވެ.
ސިޓީ ކައުންސިލުން ބުނީ މުބާރާތުގައި ވާދަކުރުމަށް، ކޮންމެ ބައިވެރިއަކު ވެސް، ޢާއްމު ދިރިއުޅުމުގައި ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ފަދަ އެއްޗެއް، ރިސައިކަލް ކުރެއްވުމަށް ފަހު، #RecycleWithMaleCity ލިޔުމަށްފަހު، އެމީހެއްގެ އަމިއްލަ ފުޅު ޓިކްޓޮކް އެކައުންޓަށް އަޕްލޯޑް ކުރުމުން މުބާރާތުގައި ވާދަކުރެވޭނެ ކަމަށެވެ.
އަދި މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ، އެންމެ ގިނަ ޝެއާރ ލިބިވަޑައިގެންފައިވާ ފަރާތެއް ބެލުމަށް ފަހު ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މި މުބާރާތުގެ އެއް ވަނައަށް ދާ ފަރާތަށް، 6،000ރ. ގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާއިރު، ދެ ވަނައަށް އަންނަ ފަރާތަށް، ދިނުމަށް ހަމަޖެހިފައި ވަނީ 4،000ރ. އެވެ. އަދި ތިން ވަނައަށް އަންނަ ފަރާތަކަށް 2،000ރ. ފައިސާގެ އިނާމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ރިސައިކްލިން ޑޭއަކީ، ކޮންމެ އަހަރެއްގެ ވެސް މާރިޗު މަހުގެ 18 ވަނަ ދުވަހެވެ.
މި ލިޔުން ކިޔާލުމުން