އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގައި ޤާއިމްކުރެވިފައިވާ ފެރީ ޓާމިނަލްތައް ކައުންސިލްތަކާއި ޙަވާލުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
އެ ވުޒާރާއިން ބުނީ ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެރީ ޓާމިނަލްތަކާއި، ފެރީ ސްޕޮޓްތައް ރަށު ކައުންސިލްތަކާއި، ޙަވާލުކުރުމަށް އެ ވުޒާރާއާއި، ކައުންސިލްތަކާ ދެމެދު ވެވޭ ފަހުމުނާމާއާ ބެހޭ މަޢުލޫމާތު އިއްޔެ މެންދުރު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ހިއްސާކޮށްފައިވާ ކަމަށެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެގެ ބައްދަލުވުމުގައި ކައުންސިލްތަކުން ކުރެއްވި ސުވާލުތަކަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ޖަވާބު ދެއްވައިފައެވެ. އަދި އިއްޔެ ވަނީ ހއ، ހދ އަދި ށ. އަތޮޅުގެ ހުރިހައި ކައުންސިލް ފަހުމުނާމާ ފޮނުވިފައެވެ.
އެ ވުޒާރާއިން ބުނީ އުންމީދު ކުރެވެނީ ވަރަށް އަވަހަށް މި ފަހުމުނާމާތަކުގައި ސޮއިކުރެވި އެ ތަންތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ކަމަށެވެ.
އިއްޔެގެ ބައްދަލުވުމުގައި އާރްޓީއެލްގެ ޒޯން 1ގައި ހިމެނޭ ހއ. ހދ އަދި ށ އަތޮޅުގެ ކައުންސިލްތަކުން ބައިވެރިވި ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އަދި އެ ވުޒާރާގެ ފަރާތުން މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން އެ ވުޒާރާގެ ލޯކަލް ގަވަރމެންޓް ޑިޕާރޓްމެންޓް ހިންގުމާއި ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، ޕްލޭނިންގ ޑިޕާޓްމަންޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީގެ އިތުރުން އެ ވުޒާރާގެ އިސްވެރިންނާއި، ޕަރމަނަންޓް ސެކްރެޓަރީ، ޑރ. ފާޠިމަތު މުނާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން