ފުވައްމުލަކުގައި ހިންގަމުން އައި މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑު ނެޓްވޯކެއް ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު ދެ މީހެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ އުފުލާފައެވެ.
ދައުވާ އުފުލާފައިވަނީ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާގެ އަޙްމަދު ނިއުޝާދު (34 އަހަރު) އާއި ހަމަ އެ ރަށު ދޫޑިގަން، ޒަމާނީގެ، ޙަސަން ޢާޒިމް (29 އަހަރު) ގެ މައްޗަށެވެ. މި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށާއި މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނު އިރު ނިއުޝާދުގެ އެކައުންޓްގައި 21.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިއިރު، އާޒިމްގެ އެކައުންޓްގައި ހުރީ 6 މިލިއަނާ ގާތްކުރާ އަދަދެއްގެ ރުފިޔާއެވެ. މި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ އެމީހުން އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ މަނީ ލޯންޑްރިންގގެ ދައުވާ އުފުލާފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ދައުލަތުން ވަނީ އިސްލާމިކް ބޭންކުގެ އެކައުންޓްގައި ހުރި 1.2 މިލިއަން ރުފިޔާއާއި، ހަތަރު ސައިކަލާއި، ފަސް ކާރާއި، ކަނޑު އުޅަ އުޅަނދެއްގެ އިތުރުން ސަންކޮނުއަރ 29 ގުރަޔާއި ރިންގްނެކް 9 ގުރާ ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ.
މި ލިޔުން ކިޔާލުމުން