Monday, November 2
ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިނގިރޭސިވިލާތުގައި ބެޗްލަރސް ޑިގްރީ ހާސިލްކުރުމަށް މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕަށް ކުރިމަތިިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި މި ސްކޮލަރޝިޕްގެ ދަށުން ތިން ފުރުސަތެއް ވަނީ ހުޅުވާލާފައެވެ. އެއީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން އެއް ޖާގައާއި މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ދެ ޖާގައެވެ.

މި ފުރުސަތުތަކަށް ކުރިމަތިލެވޭނީ 24 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށެވެ. އަދި ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓަރ ސައިންސް ހިމެނޭހެން އޭލެވެލްގައި ދެ އޭސްޓަރ އަދި އޭއެއް ހޯދާފައިވާ ދަރިވަރުންނަށް ނުވަތަ އެއާ އެއްވަރުގެ އައިބީ ސެޓްފިކޭޝަނެއް އޮތް ފަރާތްތަކަށް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯސްފީ، ސްޓައިޕަންޑް، ވިސާ ފީ، ދެކޮޅު ޓިކެޓް، ފޮތްތަކަށް ދޭ އެލަވަންސް އަދި އެސްޓަބްލިޝްމަންޓް އެލަވަންސް ލިބޭނެ ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ. ޝަރުތު ހަމަވާ ފަރާތްތަކުން ސްޓެލްކޯގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.

ހަަމަމިއާއެކު ކޯސް ފެށުމުގެ ކުރިން ސްޓެލްކޯގައި އިންޓަރންޝިޕް ފުރިހަމަކުރުމާއި ކޯސް ނިންމުމަށްފަހު ދަރިވަރުން ސްޓެލްކޯއަށް ޚިދުމަތްކުރަން ޖެހުމަކީވެސް މި ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު