Monday, November 2
21 ދޯންޏަކަށް 4 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން 21 ދޯންޏަކަށް ޖުމްލަ ހަތަރު މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. މި ފައިސާއަކީ 17 މާރިޗް 2025 ވަނަ ދުވަހު މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހުގެ އަގަށްވާ ފައިސާއެވެ.

މިފްކޯއިން ބުނެފައިވަނީ 19 މާރިޗް އާ ހަމައަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ނިމިފައިވާ ކަމަށެވެ. އެގޮތުން 17 ވަނަ ދުވަހު 19 ދޯންޏަކުން މަސް ކިރާފައިވާ ކަމަށާއި، އެ ދޯނިތަކަށް ޖުމްލަ 4،189،535 ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފައިވެއެވެ.

މިފްކޯއިން ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެއްކުމުގެ އުސޫލު ހަރުދަނާކަމާއެކު ހިފަހައްޓަަމުންނެވެ. މިއުސޫލުގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދެއެވެ

މި ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އެޅުއްވި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު