އައްޑޫ ސިޓީ މީދޫ ޗަސްބިމުގައި މިއަދު ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކާމިޔާބުނުވާ ކަމަށާއި އަދިވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ. އެމްއެންޑީއެފްއިން ބުނި ގޮތުގައި މި އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 11:45 ހާއިރުއެވެ.
އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އާއި ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައެވެ. ނަމަވެސް ހަތަރު ގަޑިއިރު ފާއިތުވެގެން ގޮސްފައިވާއިރުވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.
"އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވޭ. އަލިފާން ކޮންޓްރޯލުކުރުމުގެ މަސައްކަތް އަދިވެސް މި ދަނީ ކުރިއަށް،" އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކުން ދައްކާ ގޮތުގައި ހުޅުގަނޑު ވަނީ ޗަސްބިމުގެ ތެރެއަށް ވަރަށް ބޮޑަށް ފެތުރިފައެވެ. އަދި އެ ސަރަހައްދުން ބޯ ދުން އަރަމުންދާކަން ފާހަގަކުރެވެއެވެ.
މި ލިޔުން ކިޔާލުމުން