Monday, November 2
ޓޫރިޒަމް ޓްރަސްޓް ފަންޑް އުފައްދަން ހުށަހެޅި އިސްލާހު ރައީސް ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނައުމަށް ހުށަހެޅުނު އިސްލާހު ތަސްދީގު ކުރައްވައިފިއެވެ. މި އިސްލާހުގެ ދަށުން މާލިއްޔަތު ޤާނޫނުގެ ދަށުން ހިންގަމުންދިޔަ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑު އުވާލައި، އައު ޓޫރިޒަމް ޓްރަސްޓް ފަންޑެއް އުފެދިގެންދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާއިން 19 މާރިޗު 2025 ގައި ފާސްކުރި މި އިސްލާހުގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގައި ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ބިން ކަނޑައެޅުމުގެ ބާރު ލިބިގެންދަނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ. އަދި ފަޅުރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މި އިސްލާހުގެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިގޮތުން ކަނޑައެޅޭ ފީއެއް ދެއްކުމަށްފަހު، ގިނަވެގެން 49 އަހަރަށް މުއްދަތު އިތުރުކުރެވޭނެއެވެ. އަދި ރިޒޯޓުތައް ރީ-ޑިވެލޮޕްކުރުމާ ގުޅޭ އުސޫލުތަކާއި، ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުގެ ސަލާމަތީ އަދި ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމަށް ކޮމްޕްލަޔަންސް ކޯޑެއް އެކުލަވާލަންޖެހޭނެއެވެ.

މި އިސްލާހާއެކު، ކުރިން މާލިއްޔަތު ޤާނޫނުގެ ދަށުން ހިންގަމުންދިޔަ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑުގައި ހުރި ފައިސާ އައު ޓޫރިޒަމް ޓްރަސްޓް ފަންޑަށް ބަދަލުވެގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު