ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު، ޙުސައިން ޝަހީދު ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު ޢައްޔަންކުރުމަށް ފާސްވެފައިވަނީ 64 މެންބަރުންގެ ވޯޓުންނެވެ.
ޝަހީދު، ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކޮށްފައިވަނީ 24 ޖުލައި 2018 ގައެވެ. އަދި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އޭނާ ޢައްޔަންކުރައްވާފައިވަނީ 30 އޮކްޓޫބަރު 2023 ގައެވެ.
ޝަހީދަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރިސީޓ އާއި ކުއްލިޔަތުން ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީވެސް ހާސިލުކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން