މާލޭ އުސްފަސްގަނޑުގައި ބައިބަލާ ކުޅެވޭނެ މައިދާނެއް ޤާއިމްކޮށްފިއެވެ.
މި މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނެވެ. މިގޮތުން އިއްޔެ ހެނދުނުގެ ވަގުތެއްގައި ފެށި މި މައިދާނުގެ މަސައްކަތް ނިންމާފައިވަނީ ރޭގައެވެ.
އެ ވުޒާރާއިން ބުނީ މިއީ މާފަންނު ސަހަރާގައި ބައިބަލާ ކުޅުމަށް ޒުވާނުންގެ ތެރެއިން ބަޔަކު ތައްޔާރުވުމުން، ރައްޔިތުންގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުމަކާ ގުޅިގެން ކުރެވިގެން ދިޔަ މަސައްކަތެއް ކަމަށެވެ.
އެ ވުޒާރާއިން ބުނީ ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވައި، އަވަސް ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ކަމަށާއި، ޚާއްޞަ ގޮތެއްގައި މި ސަރުކާރަކީ ރައްޔިތުންގެ އަޑު ގާތުން އަހައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ކުރަމުން އަންނަ ސަރުކާރެއް ކަމަށެވެ. އަދި ޒުވާނުންނަށް ހެޔޮ ގޮތްތައް ހޯއްދަވައި ދެއްވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން