Monday, November 2
ބިދޭސީ އަންހެނަކު ރަހީނު ކުރި ކަމަށް ބުނާ މައްސަލައިގެ ހަގީގަތް ފުލުހުން ހާމަކޮށްފި

އއ. ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާ ބިދޭސީ އަންހެނަކު ރަހީނު ކުރި ކަމަށް ބުނާ މައްސަލައިގެ ހަގީގަތް ފުލުހުން ސާފުކޮށްދީފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރި ގޮތުގައި، މި މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 2:00 ހާއިރުއެވެ. އަދި މި މައްސަލަ ބެލުމަށް ފުލުހުންގެ ޓީމެއް ވަނީ އެ ގެސްޓްހައުސްއަށް ޒިޔާރަތްކޮށްފައެވެ.

"އެތަނަށް ގޮސް ތަޙުޤީޤު ކުރުމުން އެނގުނީ އެ އަންހެން މީހާ ރަހީނު ނުކުރާ ކަން،" ފުލުހުން ބުންޏެވެ.

ނަމަވެސް އެ އަންހެން މީހާއާއި އޭނާގެ ބޮސް އާދެމެދު ޒުވާބެއް ހިނގާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު