Monday, November 2
ވީޑިއޯ މެދުވެރިކޮށް ސީދާ ރައީސަށް ސުވާލު ފޮނުވޭ ޕޯޓަލްއެއް ހުޅުވައިފި

ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވުމަށް "ރައްޔިތުންގެ އަޑު" ނަމުގައި ޚާއްސަ ޕޯޓަލްއެއް ރައީސް އޮފީހުން މިއަދު ތަޢާރަފްކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރެއްވި ގޮތުގައި މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިންނެވެ. މި ޕޯޓަލަށް ވަދެވޭނީ citizensvoice.gov.mv މެދުވެރިކޮށް ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.

"ރައީސްގެ ޖަވާބު" އަކީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށުނު ސިލްސިލާއެކެވެ. މި ސިލްސިލާ ކުރިން ކުރިއަށް ގެންދެވުނީ ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމުގެ ފުރުސަތު ދީގެންނެވެ. ނަމަވެސް މިގޮތަށް ކުރިއަށް ގެންދިއުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ނުލިބޭތީ، އެ ސިލްސިލާ ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

އައު ޕޯޓަލް ތަޢާރަފް ކުރުމާއެކު، ކޮންމެ ރައްޔިތަކަށްވެސް ކޮންމެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ރައްޔިތުންނާއި ސަރުކާރާ ދެމެދު ގުޅުން ބަދަހިކޮށް، ސީދާ ރައީސުލްޖުމްހޫރިއްޔާއާ މުޢާމަލާތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު