Monday, November 2
ވީއައިއޭގެ އައު ޓަރމިނަލްގެ މަސައްކަތްތައް ރައީސް މުއިއްޒު ބައްލަވާލައްވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރ ޓަރމިނަލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރަމުންދާ މި ޓަރމިނަލް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މިހާރު ވީ.އައި.އޭގައި ބޭނުންކުރަމުންދާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓަރމިނަލެއް ނަމަވެސް، މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ 2 މިލިއަން އިތުރުވެފައެވެ. މިހެންވުމުގެ ސަބަބުން މިހާރު ޚިދުމަތް ދެމުންދަނީ އޯވަރ ކެޕޭސިޓީގައެވެ.

އަލަށް ތަރައްޤީކުރަމުންދާ އިންޓަރނޭޝަނަލް ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ބޮޑުމިނުގެ، އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޓަރމިނަލެކެވެ. މި ޓަރމިނަލްގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޤާއިމުކުރެވޭނެއެވެ.

"ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތުން އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ ޒަރޫރީ ބޭނުމަކަށް ވެފައި އޮންނަ ކަމެއް،" ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ. އަދި އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިކަމަށް ހައްލު ހޯދައިދިނުމާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އައު ޓަރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް އެތަނުގައި ޤާއިމުކުރެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު