Monday, November 2
ސްޓެލްކޯ އިން އެންމެ ފަހުގެ ބެޓެރި ސްކޫޓަރު ގެނެސް ވިއްކަންނިންމައިފި

ސަރުކާރުގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބެޓެރި ސްކޫޓަރު ގެނެސް ވިއްކަން ފެށުމަށް ނިންމައިފިއެވެ. މިކަމުގެ ތެރެއިން ގެނައި ފުރަތަމަ ޝިޕްމަންޓްގެ ފޮޓޯތައް އެ ކުންފުނިން މިހާރުވަނީ އާންމުކޮށްފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާ ރައްޓެހި ސިޔާސަތުތައް ތަންފީޒުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. "އެނާރޖީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކޮށް، އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް މިހާރުވަނީ ގާއިމްކޮށްދެވިފައި،" ފަހުމީ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ޓައިވާނުގެ މަޝްހޫރު ގޮގޮރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކުރެވޭނެއެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ބެޓެރި ސިސްޓަމްތައް ގާއިމްކުރެވި، އޭގެ ބެޓްރިތަކާ ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވިގެންދާނެއެވެ.

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި، މިފަދަ ސައިކަލުތަކުގެ ޓެސްޓް ރައިޑްކޮށް، އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ސައިކަލުތަކެއް ރާއްޖެ ގެނެސް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް މިހާރު ގެންދަނީ މަސައްކަތްކުރަމުންނެވެ.

މި މަޝްރޫޢުގެ ސަބަބުން އިލެކްޓްރިކް އުޅަނދުތަކަށް ލޯބިކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބި، ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމަކަށް ބަދަލުވުމަށް މަގުފަހިވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު