Friday, November 13
ގަމުގައި އަޅާ ހައުސިންގ ޔުނިޓްތަކުގެ އެންމެ ފަހުގެ މަސައްކަތް ކުރިއަށް

ލ. ގަމުގައި 100 ހައުސިންގް ޔުނިޓްސް އިމާރާތްކުރުމުގެ މަޝްރޫއުގެ ތެރެއިން ހުރިހާ ޔުނިޓެއްގެ އެންމެ ފަހުގެ މަސައްކަތް ފަށައިފިއެވެ.

ލ. ގަމުގައި ސަރުކާރުން އިމާރާތްކުރަމުންދަނީ 1،000 އަކަފޫޓުގެ ވަކިވަކި 100 ހައުސިންގް ޔުނިޓް އެވެ. މި މަޝްރޫއުގެ އަގަކީ 84,397,200.00 ރުފިޔާ އެވެ.

މިއިން ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހަނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ. ގަމުގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއިމުކުރުމަށްވެސް ނިންމާފައިވާ ކަމަށް ހައުސިންގް މިނިސްޓްރީން މައުލޫމާތުދެއެވެ

މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓރަކްޝަނާ 2022 ވަނަ އަހަރުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު