Friday, November 13
ކުރެންދޫ ހައުސިންގ ޔުނިޓް މިއަހަރު ނިންމަން އަމާޒު ހިފައިފި
ޅ. ކުރެންދޫގައި އިމާރަތްކުރަމުންދާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރުތެރޭ ނިންމުގެ އަމާޒު ހިފައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓޭޑާއެވެ. މިއީ ޑިޒައިން ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ވިދާޅުވީ ކުރެންދޫ ހައުސިންގ ޔުނިޓުތަކުގައި މިހާރުވަނީ ކޮންކްރީޓް މަސައްކަތްތައް ނިމިފައިކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ 50 ޔުނިޓްގެ ފްލެޓުތަކުގައި ކުރަންޖެހޭ ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތްތައް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މި މަޝްރޫޢުގެ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މުޅި މަޝްރޫޢުގެ %60 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. 1000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ޅ. ކުރެންދޫގައި ތަރައްޤީކުރަނީ 50 ހައުސިން ޔުނިޓްގެ ފުލެޓު އިމާރާތެކެވެ. އެއީ 10 ފަންގިފިލާގެ އިމާރާތެކެވެ. މި ހައުސިން ޔުނިޓްތަކުގައި 3 ކޮޓަރި، 3 ފާހާނާ، ސިޓިންގ ރޫމް، ބަދިގެ، ލޯންޑަރީ އަދި ސްޓޯރ ރޫމެއް ހުންނާނެއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު