ތޮއްޑޫ އިހުރު ބާޒާރުގެ ގޮޅިއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އއ. ތޮއްޑޫ އިހުރު ބާޒާރު ގޮޅި ނަންބަރު 7 ގައި މަސައްކަތް ކުރަމުންދާ ބިދޭސީއަކު އެ ގޮޅިން ވައްކަން ކުރި މައްސަލަ އިއްޔެ 19:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާ (26 އ) ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މިކަމާ ގުޅޭ އިތުރު ތަފްޞީލެއް ހާމަކޮށްފައިނުވާއިރު، ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން