Friday, November 13
ކޮމިޓީއަށް މީހުން ހާޒިރުވާން ދޭ މުއްދަތު ކުރުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުކުރުމުގެ މުއްދަތު ކުރުކުރަން ނިންމައިފިއެވެ.

ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން ތިން ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މީހުން ހާޒިރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި އިސްލާހުތައް ދިރާސާކުރުމަށްފަހު އާއްމު ކޮމިޓީން އެކުލަވާލި ރިޕޯޓު މަޖިލީހުން ފާސްކުރީ 50 މެމްބަރުންގެ ވޯޓާ އެކު އެވެ.

މެމްބަރު އިސްލާހު ހުށަހެޅުއްވީ ގަވާއިދުގެ 180 ވަނަ މާއްދާ ނުވަތަ "ކޮމިޓީތަކަށް މީހުން ހާޒިރުކުރުން" މި މާއްދާއަށެވެ. އެގޮތުން، މެމްބަރު ހުށަހަޅުއްވާފައިވަނީ، ކޮމިޓީއަށް މީހަކު ހާޒިރުކުރުމުގެ ކުރިން ދޭންޖެހޭ ފަސް ދުވަހުގެ ނޯޓިސްގެ ބަދަލުގައި ތިން ދުވަހުގެ ނޯޓިސްއެއް ދޭ ގޮތަށް އެ މުއްދަތު ކުރުކުރެއްވުމަށެވެ. ލިޔުމުން މައުލޫމާތު ހޯދުމަށް އެދޭ ނޯޓިސް ވެސް ފަސް ދުވަހުން ތިން ދުވަހަށް ކުރުކުރުމަށް ހުށަހަޅުއްވާފައިވެ އެވެ.

ކޮމިޓީން ގަބޫލުކުރާގޮތުގައި މި އިސްލާހުތަކުގެ ސަބަބުން، ކޮމިޓީތަކުގެ މަސައްކަތްތައް އަވަސްވެގެން ދިއުމަށް މަގުފަހިވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު