އާދިއްތަ, November 15
ފިހާރައެއްގެ ސޭޓަކަށް ބިރުދައްކައި ފޭރުނު މައްސަލައެއް ބަލަނީ

ފިހާރައެއްގެ ސޭޓަކަށް ބިރުދައްކައި ފޭރުނު މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު 9:35 ހާއިރު މާލޭ މާފަންނުގައި ހުންނަ ފިހާރައަކަށް ދެ މީހަކު ވަދެ، އެތަނުގެ ސޭޓަކަށް އިން ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރުދައްކައި ފޭރުނު މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހުން ފޭރުނު ތަކެތީގެ ތެރޭގައި ފައިސާއާއި ސިނގިރޭޓު އަދި އެހެނިހެން ތަކެތި ހިމެނޭ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު