އާދިއްތަ, November 15
ދިވެހީންގެ އެހީގައި ޕާކިސްތާނުގައި އަޅާފައިވާ 32 ގެއެއް ޢާއިލާތަކާ ހަވާލުކޮށްފި
ދިވެހީންގެ އެހީގައި ޕާކިސްތާނުގައި އަޅާފައިވާ 32 ގެއެއް ޢާއިލާތަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ކުރިއަށްގެންދިޔަ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ބުނީ 2022 ވަނަ އަހަރު ޕާކިސްތާނުގައި ފެން ބޮޑުވެ، ގެދޮރު ގެއްލި ހާލުގައި ޖެހުނު އާއިލާތަކަށް ދިވެހިންގެ އެހީގައި ބިނާކޮށްދެވިފައިވާ ގެތައް އެ އާއިލާތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. މިގޮތުން ޖުމުލަ 32 ގެ ހަވާލުކުރެވިފައިވާ ކަމަށް އެ ޖަމުޢިއްޔާއިން ބުންޏެވެ. އައިއޭސީން ބުނީ މިއީ މި ޢާއިލާތަކަށް މި ރަމަޟާން މަހު ދެވިގެން ދިޔަ ވަރަށްވެސް ބޮޑު ހަދިޔާއެއް ކަމަށެވެ. "އެހީތެރިކަންފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮ ޖަޒާ ދެއްވާށި -އާމީން-"، އައިއޭސީން ބުނެފައިވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީ ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ އަމާޒުގެ ދަށުން އެހީ ޖަމުޢިއްޔާއިން ހިންގާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން އިފްތިތާޙްކުރީ 2016 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު