Saturday, October 31
ތޮއްޑޫގައި ބަރަހަނާކޮށް އުޅުނު ފަތުރުވެރިއަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫގައި ބަރަހަނާ ހާލަތުގައި އުޅުނު ފަތުރުވެރިއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ 15:00 ހާއިރު ތޮއްޑޫގައި ހުންނަ ގެސްޓްހައުސަކަށް އައިސް އުޅުނު ރަޝިއާ ފިރިހެން ފަތުރުވެރިއެއް ވަޅުމަގުކޮޅު ބީޗުގައި ބަރަހަނާކޮށް އުޅުނު މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން ފުލުހުން ސީނަށް އެޓެންޑްވުމުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނަށް އޭނާގެ ފަރާތުން އަނިޔާވެ، ފުލުހުންގެ ވެހިކަލަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު