Saturday, October 31
ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނާނެ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު އިޢުލާނުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް އަދި އެ ވުޒާރާގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުން ވަނީ ފަށާފައެވެ. އަދި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުން ފަށައި، މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލްގެ ޞަލާހުއްސީން ހޯލުންނެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ބާވަތްތަކުގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ހިމެނެއެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00އިން ހަވީރު 16:00އާ ހަމައަށެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ރައްޔިތުންނަށް ގޮވާލާފައިވަނީ މި ފުރުޞަތުގެ ބޭނުންހިފައި، ވަގުތު އޮއްވާ ފިޠުރު ޒަކާތް އަދާކުރުމަށެވެ.

1446 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ރޭޓްތައް:

  • އާދައިގެ ހަނޑޫ: 12/- (ބާރަ ރުފިޔާ)
  • ތައިލެންޑް ހުދު ހަނޑޫ: 62/- (ފަސްދޮޅަސް ދެ ރުފިޔާ)
  • ރަތް ހަނޑޫ: 86/- (އަށްޑިހަ ހަ ރުފިޔާ)
  • ބާސްމަތީ ހަނޑޫ (އާދައިގެ): 74/- (ހަތްދިހަ ހަތަރު ރުފިޔާ)
  • ބާސްމަތީ ހަނޑޫ (މޮޅު): 100/- (ސަތޭކަ ރުފިޔާ)
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133/- (ސަތޭކަ ތެއްތިރީސް ރުފިޔާ)
  • އާދައިގެ ފުށް: 10/- (ދިހަ ރުފިޔާ)
  • އާޓާ ފުށް: 75/- (ހަތްދިހަ ފަސް ރުފިޔާ)

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު