Monday, November 2
ރާއްޖޭގައި އުޅޭ ލަންކާ މުސްލިމުންނަށް ތަމަޅަބަހުން ދަރުހެއް ބާއްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ މުސްލިމް ރައްޔިތުންނަށް ހާއްސަކޮށްގެން ޓެމިލް ބަހުން ދީނީ ދަރުހެއް ބާއްވައިފިއެވެ.

މި ދަރުސް ކުރިއަށް ގެންގޮސްފައިވަނީ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ.

މި ދަރުސް ދެއްވާފައިވަނީ އައްޝައިޚް މުރުޝިދު މުލައްފާރު އެވެ. ދަރުހުގައި ސްރީލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާކަން ފާހަގަކުރެވުނެވެ.

މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ދަރުހެކެވެ. މި ދަރުހުގެ މައިގަނޑު މަޤްޞަދަކީ ދީނީ ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު