Saturday, October 31
ދެ އެކްޓިވިސްޓެއްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ތަހުގީގުކުރުމަށް އެޗްއާރުސީއެމްއިން ގޮވާލައިފި

އެމްޑީޕީން ރޭ ބޭއްވި މުޒާހަރާއަކަށްފަހު ގެއަށް ދިޔަ މަގުމަތީގައި އެ ޕާޓީގެ ދެ އެކްޓިވިސްޓެއްގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ތަޙުޤީޤުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރުސީއެމްއިން ނެރުނު ބަޔާނުގައި މި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އޮންނަ ތަޙުޤީޤީ އިދާރާތަކާއި މުއައްސަސާތަކުން މި މައްސަލަ އިސްނަގައިގެން ބަލައި، އެކަށީގެންވާ އަވަސްމިނެއްގައި ތަޙުޤީޤުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލާފައެވެ.

ކަޅުތެޔޮ ޖަހާފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރާއި އެހެން ފިރިހެން އެކްޓިވިސްޓެއްގެ ގަޔަށެވެ.

މި މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

އެޗްއާރުސީއެމްއިން ވަނީ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، އެއް ބަޔަކު އަނެއް ބައެއްގެ ޙައްޤުތަކަށް އިޙްތިރާމުކުރުމުގެ މުހިންމުކަން ފާހަގަކޮށް ބަދަލުހިފުމުގެ ރޫހުގައި އެއްވެސް ބަޔަކު އެއްވެސް ޢަމަލެއް ނުހިންގުމަށް އިލްތިމާސް ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު