އާދިއްތަ, November 1
ކުޑަކުދިންގެ ކަރާމާތް ނުގެއްލޭހެން ކޮންޓެންޓް ގެނެސްދިނުމަށް އެދިއްޖެ

ކުޑަކުދިންގެ ކަރާމާތާއި އަބުރުވެރިކަން ނުގެއްލޭގޮތަށް ކޮންޓެންޓް ފޮނުވުމަށް ބްރޯޑްކާސްޓަރުން ސަމާލުވުމަށް މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުން ހަނދާންކޮށްދީފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވާ ހުރިހާ ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދު އަދި ޢާންމު އިޖުތިމާޢީ މިންގަނޑާއި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑަށް ފެތޭ ގޮތަށް ހުންނަ ކޮންޓެންޓް ކަމުގައި ހެދުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާކަމަށެވެ.

ކޮމިޝަނުން ވަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް އެކުލަވާލާފައިވާ "ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް" (ސުލޫކީ މިންގަނޑު) ގައި ކަނޑައަޅާފައިވާ ހަމަތަކާއި ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުމަށް އެދިފައެވެ.

އަދި ވަކީން ހާއްސަކޮށް '"ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމުގައި ޢަމަލުކުރަންވީ ގައިޑްލައިން"' ގެ ހަމަތަކާއި އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު